އިޢުލާނު

ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމް ހަދައިދޭނެ ފަރާތެއްބޭނުންވެއްޖެ

(IUL)335-AS/335/2026/2
އިޢުލާން ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމް ހަދައިދޭނެ ފަރާތެއްބޭނުންވެއްޖެ. މިރަށު ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމް ހަދައިދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 15 ޖަނަވަރީ 2026 ވާ ބުރާސްފަތ

އިޢުލާން

ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމް ހަދައިދޭނެ ފަރާތެއްބޭނުންވެއްޖެ.

މިރަށު ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމް ހަދައިދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ އީމެއިލް procurement@hinmfushi.gov.mv ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އެޕްލިކޭޝަން ފޯމު

މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ

This service has no online form yet.