ލުއި ސިނާޢީ މަސައްކަތަށާއި ވިޔަފާރިތަކަށް 3 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އިވެލުއޭޝަން ޝީޓް ޢާއްމުކުރުން
އިޢުލާން
މިއިދާރާގެ ނަންބަރު (IUL)335-AS/335/2025/183 (22 ޑިސެމްބަރ 2025) އިޢުލާނާއި ގުޅިގެން ލުއިސިނާއީ މަސައްކަތްތަކަށާއި ވިޔަފާރިތަކަށް ޗާރޓްގައި ފާހަގަ ކުރެވިފައިވާ 3 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ އިވެލުއޭޝަން ޝީޓް މި އިޢުލާނާއެކު އާއްމުކުރީމެވެ. ޝާއިޢު ކުރެވިފައިވާ އިވެލުއޭޝަން ޝީޓް އާއިމެދު ޝަކުވާ އެއް އޮތްނަމަ 02 އޭޕްރީލް 2026 ގެ 14:00 ގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް ހުށަހަޅަންވާނެއެވެ.
އީ-މެއިލް ކުރާނީ procurement@hinmafushi.gov.mv އަށެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ: 6642024 ފޯނަށެވެ.
އިތުރު ލިޔެކިޔުންތައް
އެޕްލިކޭޝަން ފޯމު
މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ
This service has no online form yet.
