އިޢުލާނު

މަޝްވަރާ ކޮމިޓީއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން

(IUL)335-AS/335/2026/126
އިޢުލާން މަޝްވަރާ ކޮމިޓީއަށް މެންބަރުން ހޮވުމާއި ގުޅޭ ޤާނޫނު ނަންބަރު: 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކައުންސިލްގެ މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ރަށުގެ އެކި ދާއިރާތައް ހިމެނޭގޮތުން ޚިޔާލާއި

އިޢުލާން

މަޝްވަރާ ކޮމިޓީއަށް މެންބަރުން ހޮވުމާއި ގުޅޭ

ޤާނޫނު ނަންބަރު: 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކައުންސިލްގެ މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ރަށުގެ އެކި ދާއިރާތައް ހިމެނޭގޮތުން ޚިޔާލާއި ލަފާ ހޯދުމަށް ބޭނުންވާތީ، މިކައުންސިލުން އެކުލަވާލަން ހަމަޖެހިފައިވާ މަޝްވަރާކޮމިޓީއަށް ތިރީގައި މިދަންނަވާ 2 ދާއިރާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަމެވެ.

  1. އިޢުލާންކޮށް އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޢިލްމީ އަދި ތަޖުރިބާއަށް ބަލާ ކައުންސިލުން ކަނޑައަޅާ ދާއިރާ ތަކަކުން 3 ބޭފުޅުން
  2. އިޢުލާންކޮށް އެކަމަށް ކުރިމަތިލާ ޒުވާނުންގެ (ޢުމުރުން 35 އަހަރާ 18 އަހަރާ ދެމެދުގެ) ތެރެއިން ކައުންސިލުން ކަނޑައަޅާ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއް

ވީމާ، މިދެންނެވުނު 2 ދާއިރާއިން މަޝްވަރާ ކޮމިޓީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައިޑީ ކާޑުގެ ކޮޕީ އާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއެކު " މަޝްވަރާކޮމިޓީ އާއިބެހޭ އުޞޫލު 2026 " ޢާއްމުކުރަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު ލިޔެކިޔުންތައް

އެޕްލިކޭޝަން ފޯމު

މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ

This service has no online form yet.