ޕްރޮކިއުމަންޓް

އަގު ހުށަހެޅުމުގެ ދަޥްވަތު

ބަންދު(IUL)335-AS/335/2026/99
މާލެއަތޮޅު ހިންމަފުށީ ކައުންސިލްސުންގަޑި: 23 ޖުލައި 2026

ތަޢާރަފް

އަގު ހުށަހެޅުމުގެ ދައުވަތު

މިކައުންސިލްގެ ނަންބަރު: (IUL)335-AS/335/2026/89 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ،  މިކައުންސިލްގެ އެކިއެކި ކަންކަމަށް ދުރުވާ ފަރާތްތަކުގެ ފެރީ ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު އަލުން ހުޅުވާލަމެވެ.

 

މަސައްކަތުގެ މުއްދަތު

24 ޖުލައި 2026 ން 31 ޑިސެމްބަރު 2026 ށް ( 5 މަހާއި 7 ދުވަސް )

  • މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިޢުލާއި އެކު ޢާއްމުކުރެވޭ ނަންބަރު: 335/QTN/2026/54 އަގުބަލާފޯމް މިކައުންސިލަށް ދުރުވެ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
  • އަގުބަލާފޯމާއި އެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.

ވިޔަފާރި ރަޖިސްޓްރީ ކޮޕީ

ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ

އުޅަނދުގެ ރަޖިސްޓްރީ ކޮޕީ

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި، އަގުބަލާ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.