ތަޢާރަފް
ހިންމަފުށީ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ސަރވިސް ޕޯޓަލްއާއެކު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް.
މިއިދާރާއިން ދޫކުރާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ހިންމަފުށީ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ސާރވިސް ޕޯޓަލްއާއެކު ފަރުމާކޮށް ހެދުމުގެ އެންމެހައި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ނޮވެމްބަރ 02 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ވަޑައިގެން ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކު މެދުވެރިކޮށް ރަޖިސްޓްރީވެލެއްވުން އެދެމެވެ. މި މަސައްކަތުގެ ބީލަން ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A
- މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރ 02 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާ ގުޅޭ އިތުރު މަޢުލޫމާތު މި ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕް އަދި ގެޒެޓުގައި އިޢުލާން ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަން ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6642024 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
